Ad

ފުލުހުންގެ ބިޔަ މަޝްރޫޢުއަށް އިންޑިއާއިން 600 މީހުން ގެންނަން ނިންމައިފި

ރާއްޖޭގެ އަތޮޅުތަކުގައި ޕޮލިސް ސްޓޭޝަން އެޅުމަށާއި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިންޑިއާއިން 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިފިއެވެ.

މި ޕްރޮޖެކްޓް ހަވާލުކޮއްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ އާއެވެ. މިމަޝްރޫއަކީ 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

މި މަޝްރޫގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި، އިމާރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްގީ ކުރުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅުޕޮލިސް ސްޓޭޝަން ހިމެނެއެވެ. އަދި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮއްފައިވަނީ 2 އަހަރު ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. މީހުން ހޮވުމުގައި އިސްކަން ދެނީ ކުރިން މެދުއިރުމަތީގެ ގައުމުތަކުގައި މަސައްކަތްކުރި މީހުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންނަށް ކަމަށް ނޫސްތަކުގައިވެ އެވެ.

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް، ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސައްކަތު މީހުނޭ ކިޔާފަ ސިފައިން ނޫންބާ ގެންނަން ތިޔަ އުޅެނީ ރައްޔިތުންގެ ބޮލަށް ޗިޕް ޖަހާފަ.މަކަރާ ހީލަތުން ކޮންމެ ކަމެއްވެސް ކުރާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *