Advertisement
BML Home 2nd Ad

ތ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި

ތ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ތ. އޮމަދޫ ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތ. އަތޮޅުގެ ރަށްރަށުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.  އެގޮތުން ބުރުނީގައި ފެނާނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކާއި އެރަށު ސްކޫލުގައި 6 ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މިމަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށާއި މީގެ އިތުރުން އެރަށުގައި ފުޓްސަލްދަނޑާއި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މަޑިފުށީ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނިމި، އެރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކޮށްފައިވާކަމަށާއި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލާފައި ވާކަމަށް ވިދާޅުވިއެވެ. އަދި އެރަށު ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށާ އަދި ވޮލީ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިލިފުށީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަންކަން ފާހަގަކުރައްވައި އެރަށުގައި ޤާއިމުކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، އެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮޅުމަޑުލު ކިނބިދޫއާ ހިރިލަންދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެ ދެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެމްޓީސީސީން ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައި ވިދާޅުވިއެވެ.

"މި ރަށުގައި، މި އަތޮޅުގައި ބިން ދަތިވެފައި އޮތް، ބިން ހިއްކަން ބޭނުންވެފައި، ފާހަގަކުރެވިފައި ހުރި ރަށްތަކެއް އެބަހުރި. އެއީ ތ. ހިރިލަންދުއާއި، އަޅުގަނޑުމެން ދެންމެ މިއައި ކިނބިދޫ. މިހާރު އެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތުން، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، މި އަތޮޅުގެ އެ ދެ ރަށް ހިއްކުމަށްޓަކައި އެމް.ޓީ.ސީ.ސީ. އަށް އާދެވޭވަރުވާނެ. މިހާރު (މަހާ ޖައްރާފު) އެއޮތީ ހއ. އިހަވަންދޫގައި. އެ ނިންމުމަށްފަހުގައި، އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ މ. އަތޮޅު ދިއްގަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް. އެއަށްފަހުގައި، ދެން ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނީ، މި އަތޮޅުގައި ބިން ހިއްކުމަށް ބޭނުންވެފައިވާ ރަށްތަކުގައި. މިކަންވެސް އަޅުގަނޑު ފާހަގަކޮށްލާނަން މިއަދު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. Minraees akee ihugawj kada jahaa vaththarah kankuraa raees eh. Dhuvahakukameh nufeshey. Teeacharun musaar bodikoffa naruhun musaara bodukurun. Teachrunnahves nuvey. Misarukaafunalhaa falt agu 5500.mi sarukaarun nueh alhaa. Kurin ves rahrashugeeehun hadhshan kadajahaabingaaalhaa.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add