Ad
ކޮޅުމަޑުލު ވަންދޫ/ ފޮޓޯ: އިބްރާހިމް ރަސްނާނު
ކޮޅުމަޑުލު ވަންދޫ/ ފޮޓޯ: އިބްރާހިމް ރަސްނާނު

ސީސީއައިއޭއިން ވަންދޫގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް މަސް ދުވަހުގެތެރޭގައި ނިމޭނެ: ސީސީއައިއޭ

ތ. ވަންދޫގައި އަމިއްލަ ފަރާތަކުން ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ކުރިއަށްއޮތް 1 މަސް ދުވަހުގެތެރޭ ނިމޭނެކަމަށް އަައިސްޕްލާންޓްގެ މެނޭޖަރު މުޙައްމަދު އިނާޒް ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން އިނާޒް ބުނީ، އައިސް ޕްލާންޓްގެ ގިނަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މި މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ރަށަށް ގެނެސްފައިވާކަމަށެވެ. މި ޕްލާންޓާއެކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިނާޒް ބުންޏެވެ.

"އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް ލުއި ގޮތަކަށް އައިސް ފޯރުކޮއްދިނުން. މި މަޝްރޫއުގެ ތެރޭގައި މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ. އަދި އައިސްޕްލާންޓް ހިމެނޭ ސަރަހައްދުގައި މަސްވެރިކަމުގެ ސާމާނު ލިބޭނެ ފިހާރައެއް ހެދުމުގެ މަސައްކަތްވެސް އެބަކުރަން." އިނާޒް ބުންޏެވެ.

6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރާ މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓަކީ ސީސީއައިއޭ ކުންފުނީގެ ފަރާތުން ޤާއިމްކުރާ ޕްލާންޓެކެވެ.

ސީސީއައިއޭ އަކީ ވަންދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮއްދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ފަރާތުން ރަށުގެ އިޖުތިމާޢީ ހަރަކާތްތަކަށާއި ކުޅިވަރު ހަރަކާތްތަކަށް ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮއްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *