ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ 9 މެންބަރަކު ސޮއިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ މި ޕެޓިޝަނަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން، އަދުގެ ސަރުކާރުންވީ ވައުދާއެއްގޮތަށް އެކަން އަވަހަށް ފެށުމަށް ބާރު އެޅުމުގެ ގޮތުން ހުށައަޅާ ޕެޓިޝަނެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުން އެކަމަށް އެދޭނަމަ ކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި އުޅުވާ ބޭފުޅުންނާއި ޢާންމު ބައެއް ބަފާތްތަކުންވެސް ގެންދަނީ މި ޕެޓިޝަންގައި ސޮއިކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ގޮވާލާ ޕެޓިޝަނާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވީހާވެސް ގިނަބަޔަކު އެ ޕެޓިޝަންގައޮ ސޮއިކުރެއްވުމަށް އެދިވަޑައިގެންފައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ ޕެޓީޝަންގައި ގިނަ ބަޔަކު ސޮއިކުރުމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާޢީދުކުރައްވާނެ ކަމަށެވެ.
މިހާތަނަށް ސޮއިކުރައްވާފައިވާ މަޖިލިސް މެންބަރުންގެ ތެރޭގައި:
- މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު
އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުންނާއި ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަނީ ފާޅުގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ.