ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދަން ރާވާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ އެއް މަޝްރޫއު، ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ އެކުގައި މިއަދު ސޮއިކޮށްފިއެވެ.
މި ބްރިޖް އަޅަނީ އިންޑިއާ ހިލޭ އެހީ އަދި ކްރިކެޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީ.އެމް.ޕީ.ސީ)ގެ ދަށުންނެވެ. މި މަސައްކަތް ހަވާލުކުރަނީ އިންޑިއާގެ އެފްކޮންސް ކޮމްޕެނީއާ އެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.
މި މަޝްރޫޢުގެ ދަށުން 6.47 ކިލޯމީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ.
މި މަޝްރޫގެ މަސައްކަތް ދެއަހަރު ދުވަސް ތެރޭގައި ނިމޭނެކަމަށް މަސައްކަތާ ހަވާލުވާ ކުންފުނިން ބުނެއެވެ. މި މަޝްރޫގެ ފުލް ރިޕޯޓު އެކުލަވާލީ ހޮންކޮންގް ގެ އިންފްރާސްޓްރަކްޗާސް ކޮންސަލްޓަންޓް ފަރމް އަރުޕް އެލްޓީޑީއެވެ.
ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ މާލެ ،ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޗެކްޓްއެކެވެ. 6.7ކމ ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140ކމ ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45ކމ އަށް މެރިން ވިއަރޑަކްޓް،އަދި މޫދު/ގޮނޑުދޮށުގައި 2.32ކމ މެރިން ވިއަރޑަކްޓް ،އަދި ބިމާ އެއްހަމައެއްގައި 2.96 ކމ ގެ މަގުހިމެނެއެވެ.
One Response
Keevvebaa mivaru bodu projectehgai minister soi nukuree