Ad

މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ

އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

އިރުވަރު ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވީ ފެންގަނޑަށް ވެއްޓުމަށްފަހު އެރަށު ސިއްޚީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޮމަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާ ނިޔާވީ ދެ ގަޑިއެއްހާއިރު ހޭ ނާރާ އޮތުމަށްފަހުގައެވެ.

މި ކުއްޖާއަކީ ދެމަފިރިއެއްގެ ތިބި ދެ ކުދިންގެ ތެރެއިން އެެންމެ ހަގު ކުއްޖާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 18:30 އެހާކަންހާއިރު ކަމަށާއި އެކުއްޖާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ސިއްހީ މަރުކަޒުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. މި ހާދިސާއައި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *