Ad

ރައީސް ޔާމީންގެ ހުކުމާ ގުޅޭ އިތުރު އޯޑިއޯއެއް. މިފަހަރު އޭސީސީގެ ކުރީގެ ނައިބްރައީސް މުވައްވިޒް ރަޝީދު!

ރައީސް ޔާމީންގެ މައްޗަށް ކޮއްފައިވާ ހުކުމާ ގުޅޭ އިތުރު އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މިފަހަރު ލީކުވެފައިވާ އޯޑިއޯއަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދެއްވި އޭސީސީގެ ކުރީގެ ނައިބްރައީސް މުވައްވިޒް ރަޝީދުގެ އޯޑިއޯއެއް ކަމަށް ބުނެ އާންމުވެފައިވާ އޯޑިއޯއެކެވެ. އޯ މި އޯޑިއޯއިން ހެކިބަހަށް ނުފޫޒު ފޯރުވާފައިވާކަމަށް މުވައްވިޒް ވިދާޅުވެފައިވެއެވެ. އަދި ދައުލަތާ އެއްކޮޅަށް ހެކިބަސް ނުދީފިނަމަ ކޮންމެސް ކަމެއް ބޮލުގަ އަޅުވާފަ އޭނާއާ ދެކޮޅަށް މައްސަލަ އެއް ކުރިއޭޓް ކުރާނެކަމަށް ބުނެފައިވެއެވެ.

"ދިހަ އަހަރު އޭސީސީގައި މަސައްކަތް ކޮށްފައި ނިކުތީމަ ކޮންމެވެސް ކަމެއް އޮންނާނެތާ ބޮލުގައި އެޅުވެން." މުއައްވިޒް ރަޝީދު ވިދާޅުވިއެވެ.

މުއައްވިޒް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެސްއޯއެފްގެ ޗެކްގައި ސޮއި ކުރި މީހާ އާއި ޗެކް ހިފައިގެން ބޭންކަށް ދިޔަ މީހާ ހުރީ އިނގިރޭސިވިލާތުގައި ކަމަށާއި އެމީހުންނާއި ސުވާލުނުކޮށް މައްސަލައިގެ ތަހްގީގު ފުރިހަމަނުވާނެ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ އެކައުންޓް ނަމްބަރު އެނގޭ ކޮންމެ މީހަކަށް އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެ ކަމަށާއި އެފައިސާ އާއި ގުޅޭ ގޮތުން ތަހްގީގު ހިންގަންޏާ ފުރަތަމަ ސުވާލު ކުރަން ޖެހޭނީ ފައިސާ ޖަމާ ކުރި މީހާ އާއި ކަމަށެވެ.

މި އޯޑިއޯއަކީ މުވައްވިޒްއާ އިތުރު މީހަކު ވާހަކަ ދައްކާފައިވާ އޯޑިއޯއެކެވެ.

ދައުލަތުގެ ހެއްކެއް ކަމަށްވާ މުވައްވިޒްގެ އޯޑިއޯއެއް ކަމަށް ބެލެވޭ އޯޑިއޯއެއް ލީކުވެފައިމިވަނީ މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެފައި ވަނިކޮށެވެ. މި އޯޑިއޯތަކުގެ މައްސަލަ ކަމާބެހޭ މުވައްސަސާ ތަކުން މިހާރު ގެންދަވަނީ ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *