Ad
އިލްހާމް
އިލްހާމް

ޕީޕީއެމް/ޕީއެންސީ ވެރިންނަށް ރައީސް ޔާމީން އިތުބާރެއް ނުކުރައްވާ: ޖުމްހޫރީ ޕާޓީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި އިސްކޮށްތިއްބެވީ ރައީސް ޔާމީންވެސް އިތުބާރު ނުކުރައްވާ ބޭފުޅުންތަކެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ނާއިބު ލީޑަރު އަދި ދަގެނތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ވަނީ ރައީސް ޔާމީނަށް ޖަލު ޙުކުމް އިއްވުމުން އިދިކޮޅުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން އެމަނިކުފާނު މިނިވަން ކުރެއްވުމަށްކަމަށް ބުނެ ދެއްކެވި ވާހަކައާމެދު ސުވާލު އުފައްދައި ވާހަކަ ދައްކަވާ ފައެވެ. އިހްލާމް ތުހުމަތު ކުރައްވަނީ ރައީސް ޔާމީނާމެދު އިދިކޮޅު ކޯލިޝަނުގެ ވެރިންގެ އިހްލާސްތެރިކަން ވެސް ނެތް ކަމަށެވެ. އަދި އެ ބޭފުޅުންނަށް ރައީސް ޔާމީނުގެ އިތުބާރު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޖޭޕީގެ ލީޑާރު ޤާސިމް އިބްރާހީމް މަޖިލީހުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ޤާސިމްއަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ޔާމީނަށް ހުކުމް ކުރުމަށް ޤާސިމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.

އިލްހާމް ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރުމަށްޓަކައި، ޤާޟީ ހައިލަމަށްވެސް އަދި އެނޫން ފަނޑިޔާރަކަށްވެސް ގުޅުވައްވައި އެކަމާއި ގުޅޭ އެއްވެސް މުޢާމަލާތެއް ޤާސިމް ނުކުރައްވާކަމަށެވެ. އަދި އިދިކޮޅުން އެފަދަ މޭރުމަކުން ދެއްކި ވާހަކަތައް އިލްހާމް ދޮގުކުރިއެވެ.

އަދި ސިޔާސީ ގޮތުން ކިތަންމެ ވާދަވެރިކޮށް މަސައްކަތް ކުރިނަމަވެސް އެއްވެސް ފަރާތަކަށް އަނިޔާދީ ދިނުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަކީވެސް އަވަސްއަވަހަށް ބަދަލުވަމުންދާ މަސްރަހެއްކަމަށާއި، ޖުމްހޫރީ ޕާޓީން ތައްތާރުވަމުންދަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައުމަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. Ithubaarukurahve jumuhure pate beanunvane yaamenugedhuvas dhuvvalah adhi ekamuga uleamee hunan haradhukon hadhabaet beanun jehifava ekanimehakan ahetherivane faishaennuhure ekamyaameenugedhuvas dhuvvalah haradhu kuraanefaisha hure

  2. މިފަހަރު ގާސިމު އިބުރާހީމް ނޫން ބޭފުޅަކަށް ފުރުސަތު ދެއްވާ..ބޭރުގެ ބާރުތައް މުލުން ލުހެލާ ގައުމުން ވައްކަން ކުރުން ހުއްޓުވާ ޑުރަގު މައިތިރި ކޮށްލާ މަގުމަތި އަމާން ކޮށްލާ އިގުތިސާދު ދަންނަ އިސްލާމީ ވަހުދަތަށް ރައްކާތެރި ކަން ދޭނެ ހިތްވަރު ގަދަ ބޭފުޅަކު ކަމުގަ ވާން ޖެހޭނެ.
    ނޫންނަމަ ވޯޓަށް ސަލާމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *