Ad

އިދިކޮޅުގެ "އައްޑަނަ" ޖަލްސާ: ކާނިވާ ސަރަހައްދު ފުރާލައިފި

ކޮވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއްގެ މެދުކެނޑުކަމަށްފަހު މާލޭގައި ބޭއްވި ފުރަތަމަ ބޮޑު ޖަލްސާއިން މުޅި ސަރަހައްދު ފުރާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން “އައްޑަނަ” ޖަލްސާގެ ނަމުގައި ބޭއްވި މި ޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވެފައިވާއިރު ޖަލްސާގެ އެންމެ ބޮޑު މަޤްސަދަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލުމެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ކުރެއްވި ހުކުމުގެ ހިތްދަތި ތަޖުރިބާ މިއަދު މުޅި ދިވެހި ޤައުމު ކުރަމުންދާކަމަށެވެ. ރައީސް ޔާމީނަށް ހުކުމް ކުރެއްވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ދިވެހި ރައްޔިތުންނަށް އެތަކެއް ހިތްދަތިކަމެއް ކުރިމަތިވަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިއަދު ޤައުމުގެ ހާލަތު ދަށްވެ، މަސްވެރިންނާއި، ދަނޑުވެރިންނަށް ކައިގެން ބޮއިގެން ނޫޅެވޭ ހާލަތަށް ގޮސްފައިވާއިރު، މިހާލަތުން އަރައިގަތުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރައީމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން މިއަދު ރާއްޖޭގައި ފެންނަމުންދަނީ ދިވެހިން ދުވަހަކުވެސް އިންޑިއާގެ ފަރާތުން އެދުނު މަންޒަރެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ވަޒަންވެރިވެގެން އުޅުމާއި، އިންޑިއާގެ އަސްކަރީ ސިފައިން ހަތިޔާރާއިއެކު ރަށްރަށުގައި އުޅުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *