Ad

ނާސްތާ ޕްރޮގްރާމް ޖެނުއަރީ މަހު އަލުން ފަށަން ނިންމައިފި

ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އަންނަ އަހަރުގެ ޖެނުއަރީމަހު އަލުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ހުއްޓުމަކަށް އައީ ކޯވިޑް-19 ކާރިސާގެ ސަބަބުން ކަމަށާއި، ނަމަވެސް، މިހަރު ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވަމުން އައުމާއެކު އަންނަ ޖެނުއަރީމަހު އެ ޕްރޮގްރާމް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، މިޕްރޮގްރާމް އޭރު ހުއްޓާލަން ޖެހުނީ، ބަލިމަޑުކަމެއް ފެތުރެމުން ދަނިކޮށް، ބޭރުން ގެންނަ ކާއެއްޗެތި ދަރިވަރުންނަށް ކާން ދިނުމަކީ ސިއްޙީ ގޮތުން ރައްކާތެރިކަމަށް ނުވާނެތީ ކަމުގައެވެ. މިނިސްޓަރު ވިދާޅުވީ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ މިސަރުކާރުގެ މުހިންމު ވައުދެއްކަމުގައެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ބުނަމުންދަނީ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދެމުންދަނީ މިކަމަށް ކަނޑައަޅާފައިވާ ބަޖެޓާ އެކަށީގެންވާ ތަކެތި ނޫންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *