Ad

ރައީސް ޔާމީން އެއްބަސްވުމާ ޚިލާފްވެއްޖެ، ފިޔަވަޅު އަޅާނަން: ކަރެކްޝަން

ރައީސް ޔާމީން ގެއަށް ބަދަލުކުރިއިރު ވެފައިވާ އިޤުރާރާއި ޚިލާފްވެފައިވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ފިޔަވަޅު އަޅުއްވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

5 އަހަރު ދުވަހަށް ޖަލަށް ހުކުމް ކުރެއްވުމަށްފަހު ކޮވިޑްގެ ހާލަތާއިގެން މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާ ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް ހަނާ އަޅުއްވާފައެވެ. އަދި ޕީޕީއެމްގެ ދިދައާއި ޤައުމީ ދިދަ ރައީސް ޔާމީން ވަނީ ވިހުރުވާފައެވެ.

މިކަމާއި ގުޅިގެން ޤައިދީން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްް ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެކަމަށެވެ.

އެއްބަސްވުމާއި ހިލާފުވެފައިވާތީ ރައީސް ޔާމީން އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ޖަލަށް ބަދަލުކޮށްފިނަމަ ސަރުކާރަށް ހިންދެމިލިޔަވެސް ނުދެއްވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ގާނޫނީގޮތުން ހިނގަހިނގާއޮތް ސަރުކާރެއް ހުއްޓުވާނަމޭ ބުނި މީހަކާ ދޭތެރޭ ފިޔަވަޅުއެޅެން ޖެހޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *