Ad

ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން: އަލީ ވަހީދު

ދައްކަން އުޅުނު ވާހަކަ ދައްކާނެކަމަށް ސްޕްރީމް ކޯޓުން ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ޖިންސީގޯނާގެ މައްސަލަތަކެއްގެ ޝަރީއަތް އަލީވަހީދުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ފެށިފަހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްފަހު އޭނާ ފިލާފައިވާކަމަށް ކަމާބެހޭ މުވައްސަސާތަކުން ވަނީ ބުނެފައެވެ. އަލީ ވަހީދު އިނގެރޭސި ވިލާތުން ހައްޔަރުކުރީ ރާއްޖޭގެ ނޫސްވެރިންނާ އޮންލައިންކޮށް ބައްްދަލުކުރަން ހަމަޖެއްސި ދުވަހުއެވެ. އަލީ ވަހީދު މިރޭ ޓްވީޓެއް ކުރައްވާފައި މިވަނީ ވިސާ ހަމަވިފަހުން އިނގިރޭސިވިލާތުގައި ހުއްޓާ އެގައުމުން އޭނާ ހައްޔަރުކުރިތާ 15 ދުވަސް ފަހުންނެވެ. އަލީ ވަހީދު މިރޭ ޓްވީޓެއް ކުރެއްވި ނަމަވެސް އޭނާ މިހާރު ހުރީ ކޮންތަނެއްގައި ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *