Ad

ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ މަޤާމުގެ އިޤްރާރާއި ޚިލާފުވެ، މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ނުކުޅެދިފައި: ލޯޔަރު ޝަޒީމް

ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ މަޤާމުގެ އިޤްރާރާއި ޚިލާފުވެ، މަޤާމުގެ މަސްއޫލިއްޔަތުތަށް އަދާކުރުމުގައި ނުކުޅެދިފައިކަމަށް މަޝްހޫރު ދިފާއީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވެއްޖެއެވެ.

ލޯޔަރު ޝަޒީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤައިދީންނާމެދު ޢަމަކުރަންޖެހޭ ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޅިން ޚިލާފުވެފައިވާ ކަމުގައެވެ. ޝަޒީމްގެ މި ޓްވީޓަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓަކަށް އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްކަމަށް ބެލެވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ.

ޤާނޫނީ ވަކީލު ޝަޒީމު ވަހީދަކީ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. އަދި ޖަލަށް ވަޑައިގެން ޤައިދީންނާ ބައްދަލުކޮށް ޖަލުގެ ހާލަތު ރަނގަޅަށް އެނގޭ ވަކީލެކެވެ. ޤައިދީންގެ ބޭސްފަރުވާގެ ޝަކުވާ ކޯޓުތަކާއި ކަމާ ބެހޭ މުވައްސަސާތަކުގައި އެންމެ ގަދަޔަށް ދައްކަވާ ބޭފުޅަކީ ޝަޒީމްކަން ފާހަގަކޮއްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *