Ad

ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 106 މީހުން

ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 60 މީހުން

ރާއްޖެއިން އިތުރު 113 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 60 މީހުންނެވެ. އަދި ރިސޯޓްތަކުން 11 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ ޕޮޒިޓިވް ވެފައިވެއެވެ. މިއީ 5،589 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2070 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.
ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 80،374 އަށް އަރާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 208 ދިވެހިންނާ 19 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *