Ad

އިނގެރޭސި ޕްރިމިއާ ލީގު: ލުކާކޫގެ މޮޅު ކުޅުމާއެކު ޗެލްސީން އެސްޓަން ވިލާ ބަލިކޮއްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗް 3-0 އިން ޗެލްސީ ކާމިޔާބުކޮއްފިއެވެ.

މި މެޗްގައި ޗެލްސީގެ 2 ގޯލް ކާމިޔާބުކުރީ މި ސީޒަންގައި އެޓީމާ ގުޅުނު ރޮމެލޫ ލުކާކޫ އެވެ. ޗެލްސީގެ ފުރަތަމަ ގޯލް މެޗްގެ 15 ވަނަ މިނެޓްގައި ލުކާކޫ ޖެހިއިރު ދެވަނަ ލަނޑު 49 ވަނަ މިނެޓްގައި ޖެހީ ކޮވަސިޗެވެ. އަދި 3 ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖެހީ ރަނގަޅު ފޯމެއްގައި ހުރި ލުކާކޫއެވެ. މިއީ މި ސީޒަންގައި އޭނާ ޗެލްސީއަށް ކުޅުނު 3 މެޗްގައި ޖެހި 3 ވަނަ ގޯލެވެ. އޭނާއަށް ގޯލް ނުޖެހުނީ ލިވަޕޫލް ކޮޅަށެވެ. 

މިނަތީޖާއާއެކު 10 ޕޮއިންޓާއެކު ޗެލްސީ ވަނީ 2 ވަނައަށް ޖެހިލާފައެވެ. މިއަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން 1 ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގައި މިރޭ ލީޑްސް ޔުނައިޑެޓް ބޮޑު ތަފާތަކުން ބަލިކޮށްފިނަމަ 1 ވަނައަށް އެރުމުގެ ފުރުޞަތު ލިވަޕޫލަށް ވަނީ ފަހިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *