Ad

ވިއްސާރައިގައި ޖެހި ދޯންޏެއް އަޑިއަށް ހިނގައްޖެ

ވިއްސާރައިގައި ޖެހި ފާނަ މަސްވެރިކަމުގައި އުޅުނު ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

މިހާދިސާގައި އެ ދޯނީން ދަތުރުކުރި މީހުން މޫދުގައި ތިއްބާ ސަލާމަތްކޮއްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ. މި ދޯންޏަކީ ތ. ވިލުފުށީ ފާނަ މަސްވެރިކަން ކުރާ ދޯންޏެކެވެ. މި ދޯނި އަޑިއަށްގޮސްފައިވަނީ މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި ޖެހި ތ. އޮޅުފުއްޓާ ދިމާލުން ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ދޯނި އަޑިއަށް ގޮސްފައިވާ ސަހަރަހައްދަށް ދިޔަ ލޯންޗެއްގައި ހުރި މީހަކު ބުނީ އެ ލޯންޗް ދިޔައިރު އެ ދޯނިން ދަތުރު ކުރި އެންމެން ތިބީ މޫދުގައި ކަމަށެވެ. ކަނޑުވި މީހުން ސަލާމަތްކުރީ އެ ލޯންޗުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާދިސާ ހިނގި ސަރަހައްދުގައި ވިލުފުށީ އިތުރު ދެ ދޯނި ހަރަކާތްތެރިވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *