Ad
ޢަލީ ވަހީދު
ޢަލީ ވަހީދު

އަޅުގަނޑު ޖިންސީ ގޯނާކުރީ ކާކަށް ކަން އަޅުގަނޑަށް އެނގެންޖެހޭ ނޫންތޯ؟: އަލީ ވަހީދު

ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރަން ކަމަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވަނިކޮށް އިނގެރޭސި ވިލާތުގައި ފިއްލައިވައިއުޅުންވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިނގެރޭސިވިލާތުގައި ހުންނަވައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާ ޖިންސީ ގޯނާ ކުރިކަމަށް ބުނާ އަންހެނުންގެ މަޢުލޫމާތު މީޑިއާއަށް ސިއްރުކުރިޔަސް އޭނާއަށް އޭނާ ޖިންސީގޯނާކުރީ ކާކަށްކަން އެނގެން ޖެހޭނެ ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ކާކަށްކަން ދައުލަތައް މިހާތަނަށް ބުނެދެވިފައިނުވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީވަހީދު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަލީވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުނީތީ، ހިތާމަ ކުރައްވާކަމަށާއި އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *