Ad
ޤާނޫނީ ވަކީލު ޝަޒީމް ވަހީދު
ޤާނޫނީ ވަކީލު ޝަޒީމް ވަހީދު

ފްރޭމް ކުރުމުގެ މައްސަލައަށް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެއްވެސް ޙައްލެއް ނުހޯދޭ: ލޯޔަރު ޝަޒީމް

ފްރޭމް ކުރުމުގެ މައްސަލައަށް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެއްވެސް ޙައްލެއް ނުހޯދޭ ކަމަށް މަޝްހޫރު ދިފާއީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވެއްޖެއެވެ.

އެންމެ ކުރިއަރަމުން އަންނަ ދިފާޢީ ވަކީލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝަޒީމް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  ރާއްޖޭގެ ޤާނޫނު އޮތް ގޮތުން ޖިނާޢީ ވަކި ބާވަތެއްގެ މައްސަލަތަކުގައި މީހަކު ފްރޭމްކޮށް އުމުރު ދުވަހު ހުރަގެއަށް ލުމަކީ ދާދި ފަސޭހަކަމެއް ކަމަށެވެ. ލޯޔަރު ޝަޒީމް އަންނަނީ ޤާނީނީ ނިޒާމްގައި ހުރި ދޯދިޔާ ކަންކަން މީޑިއާއަށް ތިލަކޮށް އެކަމުގެ އަޑު އުފުލަމުންނެވެ. މީގެން ބައެއް ކަންކަން ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް އައިސް އިސްލާހުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޤާނޫނީ ވަކީލު ޝަޒީމު ވަހީދަކީ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. އަދި ޖަލަށް ވަޑައިގެން ޤައިދީންނާ ބައްދަލުކޮށް ޖަލުގެ ހާލަތު ރަނގަޅަށް އެނގޭ ވަކީލެކެވެ. ޤައިދީންގެ ބޭސްފަރުވާގެ ޝަކުވާ ކޯޓުތަކާއި ކަމާ ބެހޭ މުވައްސަސާތަކުގައި އެންމެ ގަދަޔަށް ދައްކަވާ ބޭފުޅަކީ ޝަޒީމްކަން ފާހަގަކޮއްލެވެއެވެ. އަދި ރާއްޖޭގެ ޤާނޫނީ ނިޒާމް ދަންނަ އެކަމަށް ފަރިތަ ބޭފުޅެކެވެ.

މީހުން ފްރޭމްކޮށް ޖަލަށްލާ ވާހަކައަކީ ވަރަށް ބާރަށް އިވޭ އަޑެކެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ޖަލަށް ލާފައިވަނީ ސިޔާސީ މީހުންނެވެ. ނަމަވެސް ހުކުމުގެ ވަކި ހިސާބަކުން މަތީ މަރުހަލާގެ ކޯޓަކުން ނުވަތަ ވެރިކަން ބަދަލުވާ ހިސާބުން މިފަދަ މީހުން އެެއްވެސް ޝަރުތަކާ ނުލާ މިނިވަންވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *