Ad

ކުޅުދުއްފުށީގައި މީހަކު ރަހީނު ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ކުރީ ކުދިކުދި ދަޢުވާތަކެއް: ވަކީލު ރާޣިބު

ދާދި ފަހުން ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާތަކެއް ދިންކަމުގައި ބުނެ ފުލުހުން ތަޙްޤީޤުކުރި މައްސަލާގެ 4 މީހަކު ޙައްޔަރުކޮށް ތަޙްޤީޤު ހިންގި ނަމަވެސް، ދަޢުވާކުރުމުގެ މަރުޙަލާގައި ދައުލަތުން ދަޢުވާކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުދިކުދި އާދައިގެ ދަޢުވާތަކެއްކަމުގައި މައްސަލާގެ ޤާނޫނީ ވަކީލު އަދި ކުރީގެ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އޛ. މުޙައްމަދު ރާޣިބު އަޙްމަދު ވިދާޅުވެއްޖެއެވެ.

އުސްތާޒު މުޙައްމަދު ރާޣިބު އަޙްމަދު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގައި ބުނެ ދައުލަތުން ދަޢުވާކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ ދަށުންކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ފުލުހުން ދަޢުވާލިބޭ މީހުންނަށް ތުހުމަތުކޮށް ސުވާލުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ފުލުހުން ދަޢުވާ ލިބޭ ފަރާތްތަކާއި ސުވާލުކުރީ ތަޙްޤީޤު މުއްދަތު އިތުރުކުރުމުގެ ބޭނުމުގައި ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށްކަމުގައި ވަކީލު ރާޣިބު ވިދާޅުވެފައިވެއެވެ. އެކަން އެނގޭ ގޮތަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އެއްވެސް ދަޢުވާއެއް ދައުލަތުން އުފުލާފައިނުވާތީކަމުގައި ޤާނޫނީ ވަކީލު ރާޣިބު ވިދާޅުވިއެވެ.

މީގެ އިތުރުން ކުށާއި ދަޢުވާ ލިބޭ ފަރާތްތަކާއި ގުޅުވާލެވޭނެ އެކަށީގެންވާ އެއްވެސް މިންވަރެއްގެ ހެއްކެތް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހަޅާފައި ނުވާކަމުގައި ޤާނޫނީ ވަކީލު ރާޣިބު ވިދާޅުވިއެވެ. ދާދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުންވަނީ ދަޢުވާ ލިބޭ ދެފަރާތް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު އިޖުރާއީ ސަބަބުތަކަށްޓަކައި ބާޠިލުކޮށްފައެވެ. އެހެން ނަމަވެސް، ޤާނޫނީ ގޮތުން ދަޢުވާލިބޭ ދެފަރާތް ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް އަދި މިހާތަނަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އަދި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައިވެސް ދައުލަތަށް ދެއްކިފައިނުވާކަމުގައި ވަކީލު ރާޣިބް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ވަކީލު ރާޣިބު ވިދާޅުވެ ދެއްވަންވީ ނޫންތޯ ކޮއްފަ އޮތް ދައުވާއެއްވެސް، ތިވަރުން ނިންމާލީމަ ވަރައް ބޮޑައް އޮޅޭ ހަބަރު ކިޔާލީމަ…. އެންމެ ބޮޑައް ސުވާލު އުފެދެނީ،،، ކޮން ކުދި ދައުވާއެއްތޯ ކުރީ…. ،،؟ ދެންހަމަ އެކަމާ ތުހުމަތު ކުރެވޭ މީހުންނާ އެއްވެސް ގުޅުމެއް ހަމަނެތިތޯ ފުލުހުން އެމީހުން ބަންދުގަ ބޭތިއްބީ……؟ ވައްކަން ކުރާމުން ދުވާމީހާކާ ދޭތޭރޭވެސް އެފަދަ އަނިޔާވެރިކޮއް ކަންތައް ކުރަން ވަކީލުވެސް ހަމާ އޯކޭތޯ؟ ވަކީލުން އެއްމަލައް ހިއްވަރުދެނީ ނޫންތޯ ވެސް ސުވާލު އުފެދޭ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *