Ad

ލިވަޕޫލާއި ސިޓީ ވާދަކުރި ފޯރިގަދަ މެޗް ވީ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ގޯލް 59 ވަނަ މިނިޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. މިއީ ސަލާހުގެ އެހީތެރިކަމާއެކު މާނޭ ކާމިޔާބު ކުރި ގޯލެކެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނެޓްގައެވެ. މި ގޯލް ޖެހީ ގަބްރިއެލް ޖީސޫސްގެ އެހީތެރިކަމާއެކު ފޯޑެންއެވެ.

ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގީ 76 ވަނަ މިނެޓްގައި މުޙައްމަދު ސަލާހު ޖެހި މޮޅު ގޯލަކުންނެެވެ. ސަލާހު މި ގޯލް ޖެހީ ސިޓީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހަނި އެންގަލުންނެވެ. އޭގެ ފަސް މިނެޓްފަހުން 81 ވަނަ މިނެޓްގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެވިން ޑި ބްރޭނާ ޖެހި ގޯލުންނެވެ. މި މެޗަކީ ބަލާލަން ރީތި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. ލިވަޕޫލްގެ ފުރަތަމަ 11 ގައި އާންމުކޮށް ކުޅެމުން އަންނަ އާނޯލްޑް މި މެޗްގައި ނުކުޅެއެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް ކުޅުނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ އެވެ.

މިމެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ޓޭބަލްގެ 1 ވަނައަށް ޖެހިލީހެވެ. މިނަތީޖާއާއެކު 1 ޕޮއިންޓްގެ ތަފާތުން 1 ވަނައިގައި އޮތީ ޗެލްސީއެވެ. ޗެލްސީ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް 2 ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. 3 ވަނައިގައި އޮތް ސިޓީ އަށް 14 ޕޮއިންޓް ލިބިފައިވާއިރު މިއަދަދަށް ޕޮއިންޓް ހޯދައިގެން މެންޗެސްޓަރ ޔުނައިޓެޑް އޮތީ 4 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *