Ad
މާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގޭ ދުން ހޮޅިން ދުން ބޭރުވަނީ: ފޮޓޯ/ އިރުވަރު އޮންލައިން
މާލޭގައި ހުރި ސްޓެލްކޯގެ އިންޖީނުގޭ ދުން ހޮޅިން ދުން ބޭރުވަނީ: ފޮޓޯ/ އިރުވަރު އޮންލައިން

ސްޓެލްކޯގެ ޖަނަރޭޓަރުގެ ދުންހޮޅިތައް އުސްކުރަން މަޖިލީހުން ފާސްކޮށްފި

ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ދުންހޮޅިތައް އުސް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ސްޓެލްކޯގެ ޖަނަރޭޓަރުން ބޭރުވާ، ދުމާއި، ގަދަ އަޑުގެ އިތުރުން ނުބައިވަސް ހުންނާތީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާއި ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 35 މެމްބަރަކު ވޯޓު ދެއްވިއެވެ.

މިމައްސަލަ ބެލި މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓްގައި 7 ކަމެއް ކުރަން އަންގަން ހުށަހަޅާފައިވެއެވެ.

އެއީ ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުމާއި، އެސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަން އެދުންމާއި، ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުމާއި، ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މުވައްޒަފުން ތަމްރީނު ކުރުމެވެ. އަދި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ނިންމަން މަސައްކަތް ކުރުމާއި ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި، ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން މި ރިޕޯޓްގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *