Ad

އިންޑިއާއިން މޭވާއާއި ތަރުކާރީ ހިފައިގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއް އަޑިޔަށް ދަނީ!

ވޭމާއާއި ތަރުކާރީ ހިފައިގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއް އަޑިޔަށް ދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާރޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑު ޝަހީދު އަލީ އެސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ. ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 16:57 ގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކޯސްޓްގާޑު ޝަހީދު އަލީ އަށް ބޯޓް އޮތް ސަރަހައްދަށް ދެވޭނެކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

މިބޯޓުގައި ނުވަ މީހަކު އެބަތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ބޯޓަކީ މިމަހު ދެވަނަ ދުވަހު އިންޑިއާއިން ތަރުކާރީއާއި މޭވާ ބަރުކޮށްގެން މާލެއަށް ދަތުރުކުރަމުން އައި ބޯޓެކެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *