Ad

ދިވެހި ދައުލަތުގެ އެންމެ މަތީ ޢިއްޒަތުގެ ލަޤަބު ޝާހިދަށް އަރުއްވައިފި

އދގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ޝާހިދަށް އެރުއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިނިސްޓަރު ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންފައިވާތީ ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. އަދި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ދައުވަތަކަށް އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޝާހިދަށް އިއްޒަތް ހައްގު ކަމަށް ކެނެރީގެ ނަޝީދު ބުނި ނަމަވެސް ދިވެހިރައްޔިތުން އެކަމެއް ގަބޫލެއް ނުކުރެއޭ ދިވެހިރައްޔިތުންގެ އިތުބާރު އެންމެ ނުކުރާ އެއް މިނިސްޓަރަކީ އެއީ ޝާހިދުއޭ ޝާހިދު އަކީ ކޮރަޕްޓް މީހެއް ކަން ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ދަނީ މުޅި މާލެ ގޮވަމުންނޭ ކެނެރީގެ ނަޝީދު މެން ޝާހިދު ކިތަންމެ ވަރަށް ޕްރޮމޯޓް ކުރަން އުޅުނު ނަމަވެސް ޝާހިދަށް ރާއްޖެ އަށް ގެނެވުނު އެންމެ އެމްބަސީ އެއް ވެސް ނެތޭ ޝާހިދު ޖެހޭނީ އިސްތިއުފާ ދޭންއޭ ޝާހިދު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *