Ad

ޤައުމީ ޓީމަށް ސަޕޯޓްކުރުމުގައި އެންމެ ކުރީގައި "ހަބޭސް"

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" ފާހަގަވެފައިވަނީ ޤައުމީ ކަންކަމުގައި އެންމެ ކުރީގައި އުޅޭ ގުރޫޕްގެ ގޮތުގައެވެ. ޤައުމީ ބޮޑެތި ޖަލްސާތަކާއި ހަފްލާތަކުގައި އެ ގްރޫޕްގެ ހުށައެޅެނުންތަށް ނުހިމަނައި އެ ރަސްމިއްޔާތު ފަޅު ނުފިލައެވެ. މިފަދަ ބޮޑެތި ހަފްލާތަކުގައި ހަބޭސްގެ ހުނަރު ދައްކާލަން ފުރުޞަތު ދެނީ އެސަބަބާ ހުރެއެވެ. މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިފް ފުޓްބޯޅަ މުބާރާތުގައިވެސް ޤައުމީ ޓީމަށް ސަޕޯޓް ކުރުމުގައި ހަބޭސް އަންނަނީ ތަފާތު ދައްކަމުންނެވެ. ދަނޑާ ދަނޑު ބޭރުގައިވެސް "ހަބޭސް" އެވެ.

ޤައުމީ ޓީމު މެޗް ކުޅޭ ދުވަހު ހަބޭސްގެ ހުރިހާ މެމްބަރުން ފެންނަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ޤައުމީ ޖޯޝުގައި ޓީމަށް ސަޕޯޓް ކުރަމުންދާ މަންޒަރެވެ. ފޯރިނެގުމުގައި އެންމެ ކުރީގައި އުޅެނީ ހަބޭސްއެވެ.

ކޮންމެއަކަސް ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ޖާގަ ހަބޭސްއިން ވަނީ ޔަޤީންކޮށްފައެވެ. ހަބޭސްގެ ހުރިހާ މެމްބަރުން ޤައުމީ ޓީމާއެކު ތިބިކަން އެ ގްރޫޕުން ސާބިކޮށްދެނީ ޖޯޝާއި ފޯރިއާ އެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *