Ad

ޤައުމީ ޖޯޝުގައި "ބޮޑުބެ"ގެ އަސްލު ސިފަ ދައްކާލައިފި

ޤައުމީ ޖޯޝުގައި މޯލްޑިވިއަން އައިޑޮލްއިން ވިދާލި އިބްރާހިމް ވަހީދު (ބޮޑުބެ)ގެ އަސްލު ސިފަ ދައްކާލައިފިއެވެ.

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް ސަޕޯޓްކުރުމުގައި ބޮޑުބެ އަންނަނީ ތަފާތު ދައްކަމުންނެވެ. މިގޮތުން ޤައުމީ ޓީމް ކުޅޭ ކޮންމެ މެޗެއްގައި ބޮޑުބެ ފެންނަނީ މުޅިން ތަފާތު ކެރެކްޓަރ އެއްގައެވެ. ޤައުމީ ކުލަތަކުން މުޅި މީހާ ވަނީ ޖަރީވެފައެވެ.

ބޮޑުބެ ޤައުމީ ޓީމަށް ސަޕޯޓް ކުރަނީ

ބޮޑުބެގެ ގާތް މީހުން ބުނާ ގޮތުން އަސްލު ދިރިއުޅުމުގައިވެސް މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ބޮޑުބެ ޤައުމީ ފޯރީގައި އެ ފެންނަނީ ބޮޑުބެގެ އަސްލު ސިފައިގައެވެ.

ބޮޑުބެ ޤައުމީ ޓީމަށް ސަޕޯޓް ކުރަނީ

މޯލްޑިވިއަން އައިޑޮލްއަށްފަހު ބޮޑުބެ ގުޅިފައިވަނީ ރާއްޖޭގެ އެންމެ ސަޕޯޓަރުންގިނަ އަދި އެންމެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސް އާއެވެ. ޤައުމީ ޓީމަށް ސަޕޯޓް ކުރުމުގައި ހަބޭސްގެ ހުރިހާ މެމްބަރުން ވަރަށް ތަފާތެވެ. މެޗް ފެށުމުގެ އެތައް އިރެއް ކުރިން ބެރުޖަހަމުން ދަނޑަށް ދެއެވެ. ދަނޑުގައިވެސް ބޮޑުބެރު ޖަހާ ފޯރި ނަގައެވެ. ޓީމުގެ ކުޅުންތެރިންނަށް ހިއްވަރު ގެނުވައެވެ. އެހެން ސަޕޯޓަރުންނަށް ޖޯރު ގެނުވާ ނަމޫނާ ދައްކައެވެ. ބޮޑުބެއާއެކު ހަބޭސްގެ ހުރިހާ މެމްބަރުން ދަނީ ޤައުމީ ކުލަތަކުން ޖޯޝުގައި ޓީމަށް ތަރުހީބުދެމުންނެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް ގަލޮޅު ދަނޑުގައި

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *