Ad

ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށް ސާބަސް

"ބަލިވިޔަކަސް ކަރުއެލިގެން ފަހަތަށް ނުޖެހޭނަން"

ސާފްޗެމްޕިއަންޝިފް ފުޓްބޯޅަ މުބާރާތް ދިވެހި ޤައުމީ ޓީމަށް ނިމިފައިވާއިރު މި މުބާރާތުން ފެނުނު އެންމެ ބޮޑު އެއް ކަމަކީ ދިވެހިން ފުޓްބޯޅައަށް އޮތް ލޯތްބެވެ. ޤައުމީ ޓީމަށް އޮތް ލޯތްބެވެ. ޤައުމަށް އޮތް ލޯތްބެވެ. އެންމެ މަތިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމައަށް ތިބީ ޤައުމީ ޓީމާއެކުގައެވެ.

ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑުގައި/ ފޮޓޯ: އިޔާން ފޮޓޯގްރަފީ

ޤައުމީ ޓީމަށް އޮތް ލޯބި ދިވެހިން ވަރަށް ފުރިހަމައަށް ދައްކާލައިފިއެވެ. މުޅި ޤައުމު ރަތްކޮއްލިއެވެ. އެއް އަޑަކުން ޤައުމު ގުގުމާލިއެވެ. އެކުވެރިކަމުގެ އަތަކުން އެންމެން އަތު ގުޅާލިއެވެ. ހަޤީޤަތުގައިވެސް މި މުބާރާތުގައި ދިވެހިން ދައްކައިދިނީ ހައިރާންވެ އަންތަރީސްވާވަރުގެ ސަޕޯޓެކެވެ.

ޤައުމީ ސަޕޯޓަރެއް/ ފޮޓޯ: ހަބޭސް

ސަޕޯޓަރުންގެ ފަރާތުން އިތުރަށް ފުރިހަމަ ކޮށްލާނެ ކަމެއް އޮންނާނެހެން ހިޔެއް ނުވެއެވެ. ބަލިވިޔަސް ޤައުމީ ޓީމާއެކުގައެވެ. ތަރުހީބަކަށް ބަދަލެއް ނާދެއެވެ. އިދިކޮޅު ޓީމުތަކަށް އިހްތިރާމްކުރިއެވެ. ނަމޫނާ ދެއްކިއެވެ. އިދިކޮޅު ޓީމުތަކުގެ ކޯޗުންނާއި މުބާރާތަށް ހާޒިރުވި އަވައްޓެރި ޤައުމުތަކުގެ އިއްޒަތްތެރިން، ދިވެހިން ސިފަކުރީ އަޖައިބެއްފަދަ ލާމަސީލު ބައެއްގެ ގޮތުގައެވެ.

ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑުގައި/ ފޮޓޯ: ސާޖިން

ސަޕޯޓަކުން އެމީހުންގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފިއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެފް)އަށް އެމީހުންގެ ޒިންމާ އަދާކުރެވުނު ބާއެވެ. އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުރިއަށްދިޔައިރު މުބާރާތުގެ އިންތިޒާމްތައް ކިހިނެއްބާއެވެ. މުބާރާތުގެ ފޯރިގަދަކުރަން އެފްއޭއެމުން ކުރީ ކޮން ކަމެއް ބާއެވެ.

ޓިކެޓް ވިއްކުމުގެ އެތައް ގަޑިއިރެއް ކުދިން ދިވެހި ސަޕޯޓަރުން ޓިކެޓް ހޯދަން ކިޔުގައި/ފޮޓޯ: ސަން

ޓިކެޓް ބޭނުންވާ އެންމެންނަށް ދަނޑަށް ވަންނަށް ޓިކެޓް ނުލިބޭނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ޓިކެޓް ލިބުނު ސަޕޯޓަރުން ނަށްވެސް އެ ޓިކެޓް ލިބުނީ އެތަށް ތަކުލީފެއް އުފުލައިގެންނެވެ. އެތަށް ގަޑިއިރެއް ވަންދެން ކިޔުގައި ތިބެގެންނެވެ. އެއީ ކުޅިވަރަށް އޮތް ލޯބި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ސިފަކުރެއްވިއެވެ. ވިދާޅުވީ އެއީ ފުޓްބޯޅައިގެ ފޯރި ކަމަށެވެ.

ޓިކެޓް ވިއްކުމުގެ އެތައް ގަޑިއިރެއް ކުދިން ދިވެހި ސަޕޯޓަރުން ޓިކެޓް ހޯދަން ކިޔުގައި/ފޮޓޯ: ސަން

ދެން އޮތީ މުބާރާތުގައި ޤައުމީ ޓީމް ބޭނުންކުރި ޖޯޒީ ހޯދަން ސަޕޯޓަރުން ކުރި މަސައްކަތެވެ. ސަޕޯޓަރުން ބޭނުންވާ ވަރާ ގާތަކަށްވެސް ޖޯޒީ ފޯރުކޮށް ނުދެވުމެވެ. އެމްއޭއެމްއިން ޖޯޒީ ވިއްކަން ހަވާލުކުރީ އަމިއްލަ ފަރާތަކާއެވެ.

ޖޯޒީ ގަންނަން ކިޔު ހަދާލާފަ/ ފޮޓޯ: މުޙައްމަދު ގިޔާސް

ކޮންމެއަކަސް މުބާރާތުގެ ޖޯޒީ ހޯދަން ދިގު ކިޔުތައް ހަދައިގެން ޖޯޒީ ލިބުނީ މަދު މީހަކަށެވެ. ނަމަވެސް ސަޕޯޓަރުން މި ޝަކުވާތަކަށް ބެލުމެއްނެތި ޤައުމީ ކުލަތަކުން ދަނޑު ފުރާލިއެވެ. ޤައުމީ ކުލަތަކުން އޮފީސްތަކާއި ކުންފުނިތައް ދިއްލާލިއެވެ.

ދަގަނޑޭ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ/ ފޮޓޯ: ހަބޭސް

ދެންއޮތީ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ވާހަކައެވެ. އެންމެ ފުރަތަމަވެސް ބުނެލަން އޮތީ ޤައުމީ ޓީމަށް ސާބަހާ އައްސަރި ބަހެވެ. ތިޔަ ޓީމު ޤައުމު އެކުވެރިކޮއްދީފިއެވެ. ޤައުމު އެކަތިގަނޑަކަށް ހަދައިފިއެވެ. ޓީމުގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެކެވެ. ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތްކުރިއެވެ. ތައުރީފް ހައްޤެވެ. މިއީ އެފަހަރަށް ނުވީއެވެ. އިރާދަކުރެއްވިއްޔާ ދެން އޮތީ އެފަހަރެވެ. އެއީ 3 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *