Ad

ދަނގެތީގެ ވިޔަފާރިވެރިއަކު އަނިޔާވެރި ގޮތަކަށް މަރާލައިފި

އދ. ދަނގެތީގައި ވިޔަފާރިވެރިއަކު މަރާލުމަށްފަހު، އެމީހާގެ ހަށިގަނޑު ބަނދެފައި ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނިއްޖެއެވެ.

އިރުވަރު ނޫހަށް މަޢުލޫމާތުދެމުން ދަނގެތީ މީހަކު ބުނީ އެ ވިޔަފާރިވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ ފެނިފައިވަނީ މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ކަމަށެވެ. އަދި އޭރު އޭނާ އޮތީ ދެ ފައި ބަނުމަށްފަހު ގޯންޏަކަށް ލާފައި ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކުރީ ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބެލުމަށް ފަހު، އޭނާ ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެޔަށް ގޮސްފައި ނުވާތީ ކަމަށެވެ. މިގޮތުން ރެއިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް މަސައްކަތް ފުލުހުންނާއި ރަށު ރައްޔިތުން ކުރި ކަމަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

މަރާލާފައި ވަނީ ދަނގެތީ އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާއަކީ އޮޑިވެރިއެއްގެ އިތުރުން އެރަށުގެ ވިޔަފާޜި ކުރާ ވިޔަފާޜިވެރި އެކެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށްލައި، އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިމައްސަލަޔާ ގުޅިގެން މިހާތަނަށް 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *