Ad

މަހުމޫދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އދ.ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައިގައި މިއަދު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ މި މައްސަލައާ ގުޅިގެން ފުލުުހުން މީހަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

މަހްމޫދްގެ މަރުގެ މައްސަލައިގައި ފުލުހުން ދަނީ އެރަށު ގެއެއް ބަލާ ފާސް ކުރަމުންނެވެ. އެ ގެއަކީ ބަންގްލަދޭޝް މީހަކާއި އުމުރުން ދުވަސްވީ ދިވެއްސަކު ދިރިއުޅޭ ގެއެކެވެ. ހައްޔަރުކުރީ އެގޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހާއެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ދުވަހު އެރަށު ރައްޔިތުން ވަނީ ޝައްކުކުރެވޭ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެތަނުން އެކަކުގެ ލޯބިވެރިޔާވެސް ފުލުހުން އެރޭ ހައްޔަރުކުރިއެވެ. ނަމަވެސް ފުލުހުން ވިދާޅުވީ އެ ތިން މީހުން ހައްޔަރު ކޮށްފައިތިބީ މަހުމޫދު މަރާލި ކަމުގައި ތުހުމަތުގައި ނޫންކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފުލުހުން ބަލަމުންދާ އެހެން މައްސަލަޔަކާ ގުޅިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *