Ad

ޒުވާނުންގެ ދުވަހާގުޅިގެން ލ.އިސްދޫގައި "ބޮޑު އީދެއް"

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. އިސްދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މި ހަރަކާތްތައް ކުރިއަށްގެންދަނީ އިސްދޫ ކައުންސިލާއި ރަށުގެ މުވައްސަސާތައް ގުޅިގެންނެވެ. ޒުވާނުންގެ ދުވަހާ ގުޅިގެން އެރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް 10 ދުވަހުގެ މުއްދަތައް ކުރިއަށްދާނެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އިސްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފާ ހަރަކާތްތަކުގެ ތެރޭގައި 2 ޖިންސްގެ ދުވާނުން އެކުގައި ފަތިސް ނަމާދު ކުރުމާއި، މަސްރޭހާއި ހޭންޑްބޯލްއާއި އާއި ފުޓްސެލް ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ރަށުގެ ހުރިހާ ރައްޔިތުންނަށް ބާއްވާ ބޮޑު ބާބަކިޔުއެވެ. މި ބާބަކިޔުއަށް ރައްޔިތުން މިހާރުވެސް ތައްޔާރުވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެއިތުރުން ދެޖިންސްގެ ޒުވާނުންނަށް ބާއްވާ މަަޢުލޫމާތު ސެޝަންތަކާއި، ވެހިކަލް ބުރާއި، ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމަކީވެސް މިދުވަހާ ގުޅިގެން ރާވާފައިވާ ހަރަކާތްތަކެވެ. މީގެއިތުރުން ޚާއްޞަ އިވެންޓެއްގެ ގޮތުގައި ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި މުރަކަ އިންދުންވެސް ހިމެނެއެވެ. އިސްދޫގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ނިންމާލާނީ  މިމަހުގެ 29 ވަނަ ދުވަހު 2 ޖިންސްގެ ޒުވާނުންގެ ދަތުރަކުންނެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތްކަތް ކުރާ ނަމޫނާ ލީޑަރެއްގެ ގޮތުގައި އެރަށުގެ ރައްޔިތުން ސިފަކުރެއެވެ. ކައުންސިލްތައް އުފެދުނު ފަހުން އިބްރާހިމް ޚަލީލް އަންނަނީ މެދުކެނޑުމެއްނެތި ކައުންސިލްގައި މަސައްކަތް ކުރައްވަމުންނެވެ.

ގައުމީ ޒުވާނުންގެ ދުވަހަކީ އޮކްޓޯބަރު 22 އެވެ. މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *