Ad

ޔޫތު އެވޯޑް ހާސިލްކުރި ޒުވާނުންނަށް އެވޯޑް ދީފި

މިއަހަރުގެ ޔޫތު އެވޯޑް ހާސިލްކުރި ޒުވާނުންނަށް އެވޯޑް ހަވާލުކޮށްފިއެވެ.

ޔޫތު އެވޯޑް ހަވާލުކުރީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހދ ކުޅުދުއްފުށީގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އެވޯޑް ހާސިލްކުރު ޒުވާނުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

މި ޖަލްސާގައި 10 ޒުވާނަކު ވަނީ ޒުވާނުންގެ އެވޯޑް ހާސިލުކޮށްފައިވެއެވެ. އެ ދިހަ ޒުވާނުންނަކީ:

1- މަސްވެރިކަމުގެ ދާއިރާއިން – ޢަބްދުﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
2- ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން – ޢަފާ ޙުސައިން (ޕާކް، ކުޅުދުއްފުށި)
3- ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން – އަޙްމަދު ޢަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
4- ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން – ޢާއިޝަތު ޠާއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި ސިޓީ)
5- ދަނޑުވެރިކަމުގެ ދާއިރާއިން – ޢަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
6- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން – އަރުޝަދު އަޙްމާދު (ފަހިވާ، ހއ. އުލިގަން)
7- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން – ޙަސަން ފަރުޙާން މުޙައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ)
8- ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން – އިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)
9- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ދާއިރާއިން – މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356)
10- އާރޓް، ފަންނުވެރިކަމުގެ ދާއިރާއިން – ނާޒިމް ޙަސަން (ކޯނަރ، ކުޅުދުއްފުށި ސިޓީ) އެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *