Ad

ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނަދީމް ހާލުދެރަވީ ރޭ ބ. އޭދަފުށީގައި ފުޓްބޯޅަ މެޗެއް ކުޅެއް ހުއްޓާ ކުއްލިއަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ. ނަދީމް އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެއާއިލާއަށް ތައުޒިޔާ ރައްދުކޮށްފައެވެ.

"ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވަމެވެ. އާމީން." ފުލުހުންގެ ބަޔާނުގައިވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް މެދުނުކެނޑި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ނިޔާވި އިރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަޤާމުގައެވެ. ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ 2، މިނިވަން ފަންސާހުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް ނިޔާވި އިރު ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވި އިރު ޢުމުރަކީ 37 އަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *