Ad

ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތަކީ ލާމަރުކަޒު ކުރުން: ނައިބު ރައީސް

މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތަކީ ލާމަރުކަޒު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޙިފްޡު ކޮމިޓީ މަސައްކަތް ފުވައްމުލަކުގައި ފެށިގެން ދިއުމާއެކު ވަރަށް ބޮޑު ތަކްލީފަކުން ސަލާމަތްވެ، ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ރަށުގައި ތިބެގެން ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ.

މިއަދު އިފްތިތާހު ކުރެވުނު ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 3 މެންބަރުންނެވެ. ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ޢަބްދު ﷲ މުފީދު – ކޮމިޓީ ރައީސް
ޙުސައިން އާދަމް – ކޮމިޓީގެ މެންބަރު
އަޙްމަދު ނަސީމު – ކޮމިޓީގެ މެންބަރު

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޙިފްޡު ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެގޮތް ބައްލަވާލައްވާ، ކީރިތި ޤްރުޢާން ހިތުދަސްކޮށް ޙިފްޡު އިމްތިހާނަށް ހާޒިރުވެތިބި ކުދިންނަށް ހިތްވަރުދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *