Ad

މިއަހަރުގެ އެއްމިލިޔަން ވަނަ ފަތުރުވެރިޔަކީ ރާއްޖެެއަށް ޒިޔާރަތް ކޮއްފި

މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރި އަދަދަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮއްފިއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ލަފާކޮށްފައިވަނީ 1 މިލިޔަން ފަތުރުވެރިންނެވެ. ނަމަވެސް ބާކީ 1 މަސް އޮއްވާ އެ އަމާޒަށް ވަނީ ވާސިލްވެފައެވެ.

އެއް މިލިއަންވަނަ ފަތުރުވެރިއާގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ ފްރާންސަށް ނިސްބަތްވާ ވިންސެންޓް ވިކްޓޮރ ކޮރަންޓިން ޕިޓައުއެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި 20 ވަނަ ފަހަރެވެ. ވިންސެންޓް ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާ އެކުގައެވެ. 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ސަގާފީ ގިނަ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައިސްފައިވަނީ 6،000 މީހުންނެވެ. އަދި އާއްމުކޮށް ޑެއިލީ އެރައިވަލްސް އުޅެނީ 3،000 އިން މަތީގައެވެ. މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން ނެވެ. މީގެތެރޭގައި ފަތުރުވެރިންގެ ގޮތުގައި ކަރަންޓީން ވުމަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *