Ad

ތ. ވަންދޫގައި އަމިއްލަ ފަރާތަކުން 30 ޓަނުގެ އައިސްޕްލާންޓެއް ބަހައްޓާ ޚިދުމަތްދޭން ފަށައިފި

ތ. ވަންދޫގައި އަމިއްލަ ފަރާތަކުން 30 ޓަނުގެ އައިސްޕްލާންޓެއް ބަހައްޓާ ޚިދުމަތްދޭން ފަށައިފިއެވެ.

މި އައިސްޕްލާންޓަކީ ވަންދޫގެ ތަރަށްޤީއަަށް ގިނަގިނަ މަސައްކަތް ކޮށްދެމުން އަންނަ "ސީސީއައިއޭ" ކުންފުނިން ޤާއިމް ކުރި އައިސް ޕްލާންޓެކެވެ. އިރުވަރު ނޫހަށް ވަންދޫ "ސީސީއައިއޭ އައިސް ޕްލާންޓް" ގެ މެނޭޖަރު މުޙައްމަދު އިނާޒު ބުނީ މި ޕްލާންޓާއެކު އަތޮޅުގެ މަސްވެރިންނަށް ވިދާވެފައިވާ އައިސް ހޯދުމުގެ ދަތިކަމަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

"ވަންދޫގައި ސީ.ސީ.އައި.އޭއިން ޤާއިމްކުރި އައިސް ޕްލާންޓްނިމި މިވަގުތުން ފެށިގެން ޕްލާންޓުން އައިސް ގަންނަން ލިބެން ހުންނާނެ، އައިސް ޓަނެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1200 ރުފިޔާއަށް. އައިސް ގަތުމަށް 7446498، 7942324, 7774631 މި ނަމްބަރުތަކަށް ގުޅުއްވުން އެދެން،" ވަންދޫ މަސްވެރިންގެ ޕޭޖުން ބުނެފައިވެއެވެ.

ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ދޭން ފެށުމުން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ކުރާނެކަމަށް އައިސް ޕްލާންޓްގެ މެނޭޖަރު ވިދާޅުވިއެވެ.

ވަންދޫއަކީ މަސްވެރި ރަށެކެވެ. އެރަށަކީ ގިނަ އަދަދަކަށް ކަންނެލި ދޯނިފަހަރު ބަނދަރު ކުރާ ރަށަކަށް ވުމާއެކު އެރަށުން އައިސް ލިބެން ހުރުމަކީ މަސްވެރިންނަށް ލިބޭނެ ބޮޑު ލުއިފަސޭހައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *