ކެންސަރަށް މަގުފަހިވާ މާއްދާއެއް ހިމެނޭތީ ހަޕްސެންގ ކްރީމް ކޭކާސް ބިސްކޯދު އުފެއްދުން ހުއްޓާލަން ޑަބްލިޔުއެޗްއޯއިން އަންގައިފިއެވެ.
ހަޕްސެންގ ކްރީމް ކޭކާސް ބިސްކޯދުގައި ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް އެކުލެވޭކަމަށް ހުށައެޅުނު މައްސަލަޔަކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާތަކުން ކުރި ދިރާސާތަކުން މި ބިސްކޯދުގައި ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ހިމެނޭކަން ޔަަޤީންވެފައިވާކަމަށް މެލޭޝިއާގެ ހަބަރު ފަތުރާ ފަރާތްތަކުން ބުނެއެވެ. އަދި މިހާރުން މިހާރަށް މިބިސްކޯދު އުފެއްދުން ހުއްޓާލުމަށާއި ކުރިން އުފައްދާފައިވާ ސްޓޮކްގެ އެއްވެސް ބައެއް ނުވިއްކުމަށް ދުނިޔޭގެ ސިއްޚީ ޖަމްއިއްޔާތަކުން ވަނީ ބުނެފައެވެ. މިކަމާގުޅުގެން މި ބިސްކޯދު އުފައްދާ ކުންފުނި މިހާރު ބަންދުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މެލޭޝިއާގެ މަޝްހޫރު ހަޕްސެންގ ބިސްކޯދަކީ ރާއްޖޭގައިވެސް ވަރަށް މަޤްބޫލް ދިވެހިން އާންމުކޮށް ބޭނުންކުރާ ބިސްކޯދެކެވެ. މިހާރުވެސް ފިހާރަތަކުގައި ވިއްކަން އެބަހުއްޓެވެ. މިކަމާގުޅިގެން އިރުވަރު ނޫހުން ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިފަދަ މައްސަލައެއް އުޅޭކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާކަމަށެވެ.