Ad

ބަޖެޓު ދިރާސާ ކޮމިޓީގެ މުގައްރިރަކަށް މިފަހަރު ވެސް ނާޝިޒް

މީގެ ކުރީ ދެ އަހަރު ވެސް ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ކުރެއްވީ ނާޝިޒް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މި އަހަރު ވެސް ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ހަމަޖައްސައިފި އެވެ.

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މާލިއްޔަތު ކޮމެޓީއާ އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެންނެވެ. މިއަދު ބޭއްވި ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓް ކޮމެޓީގެ މުގައްރިރު ނާޝިޒް ހަމަޖެއްސީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ. ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. މީގެ ކުރީ ދެ އަހަރު ވެސް ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ކުރެއްވީ ނާޝިޒްއެވެ.

އިރުވަރު ނޫހަށް މަޢުލޫމާތުދެއްވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލްގެ ޕްރޮފެޝަނަލް އޮޕީނިއަން ލިޔުމުން ހޯދުމަށްފަހު އޮޑިޓަރ ޖެނެރަލްއާއި ގަވަރނަރާ ކޮމެޓީން ބައްދަލުކުރަން ނިންމާފައިވާކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން އެ ފަރާތްތަކުގެ ހިޔާލު ފަސް ދުވަހުގެ ތެރޭގައި ހޯދުމަށްވެސް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި ބަޖެޓާ ގުޅޭގޮތުން އަންނަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ނާޝިޒް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާކޮށް، މިމަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *