Ad

ޖިންސީ ގޯނާގެ މައްސަލަތަކުގައި ތައުލީމީ ދާއިރާގެ 30 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ: މިނިސްޓަރު

އެޑިއުކޭޝަން ދާއިރާގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި 30 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ގަލޮޅު މަދަރުސާގައި ހިނގި ހާދިސާ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބެލުމަށް ފުލުހުންނަށާއި ޖެންޑަރއަށް މިނިސްޓްރީން ހުށައަޅާފައިވާނެ ކަމަށެވެ. އަދި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުންދާ ކަމަށާއި އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ އެންމެން ސަސްޕެންޑް ކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަ ތަކެއް ކަމަށާއި މިފަދަ 40 ވަރަކަށް މައްސަލަ މިހާތަނަށް އެ މިނިސްޓްރީއަށް ހުށައެޅިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ބެލުމަށްފަހު 30 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެޑިއުކެޝަން ދާއިރާގެ އެއްވެސް މުވައްޒިފަކަށް ތުހުމަތު ކުރެވޭ މިންވަރަށް ހެެއްކެތް ލިބޭ ހިސާބުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރުވެސް މިފަދަ 7 މައްސަލަ އެމިނިސްޓްރީން ބަލަމުންދާއިރު މިމައްސަލަތަކުގައި ތުހުމަތު ކުރެވޭ ހުރިހާ މުވައްޒިފުން ތިބީ ސަސްޕެންޑް ކުރެވިފައިކަމަށެވެ.

 

މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ، ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސްކޫލުތަކުގައި އޮފިސަރުން ބައިތިއްބާފައި ވާކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަރުދަނާ ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *