Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 244 އަށް އަރައިފިއެވެ.

މިއަދު ހެނދުނު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 81 އަހަރުގެ ފިރިހެނަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 88،227 އަށް އަރާފައެވެ. މިވަގުތު މިބައްޔަށް 1،981 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 33 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މި ބައްޔަށް 219 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ. މިގޮތުން އަތޮޅުތެރެއިން 173 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މާލެއިން 29 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 17 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ ޕޮޒިޓިވްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *