ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕްރީ ސްކޫލެއް ބައްލަވައިގަނެ، އެ ސްކޫލަށް ކުދިން ވަނުމަށް ހުޅުވާލައިފިއެވެ.
ޝަހީމް ބައްލަވައިގަތީ މާލޭގައި ހިނގަމުންދިޔަ 'ކޮއްކޮމެން ޕްރީ ސްކޫލް’އެވެ. މި ސްކޫލަށް ކުދިން ވަނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޤައުމީ މަންހަޖަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި އިނގިރޭސި، ދިވެހި ބަހަށް ފަރިތަކުރުވާ ފަދައިން ކީރިތި ގުރުއާނާއި އަރަބި ބަހަށް ވެސް ފަރިތަކުރުވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެ ސްކޫލުން ތައުލީމު ހާސިލުކޮށް ނިންމާ ކުދިންނަކީ ރީތިކޮށް ގުރުއާން ކިޔަވަން ވެސް އެނގޭ ކުދިންނަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ގުރުއާނާއި އަރަބި ބަހާ ގުޅޭ ހުރިހާ ޕްރޮގްރާމެއްގައި އެ ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ސްކޫލުން ޔަތީމް ކުދިންނަށާއި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ދަރިންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖައްސަވާނެ ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމަކީ ރާއްޖޭގައި ދީނީ ތަޢުލީމް ފުޅާކުރެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
One Response
Konthanakunbaa thihaa laari hoadhanee