Ad

ސަތޭކަ ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ އިންސްޓިޓިއުޓްއިން ބުނެފިއެވެ.

ޢިލްމު އިންސްޓިޓިއުޓް އިން ބުނީ، "ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މި ޕްރޮގްރާމަށް ފޯރމް ހުށަހެޅުމަށް 7 ނޮވެމްބަރުގައި ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން 10 ނޮވެމްބަރުގެ ނިޔަލަށް 350 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ފިޒިކަލް ކުލާސް އޮންނާނީ މާލެގައެވެ. އަދި އޮންލައިންކޮށްވެސް ހިފްޒު ކްލާސް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.  އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަންގެ ހުށަހެޅުމުގެ ފަހު ތާރީހަކީ 15 ނޮވެމްބަރ 2021 އެވެ.  ކްލާސްތައް ފަށަން ނިންމާފައި ވަނީ މިމަހުގެ 20 ގައެެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ޤުރުއާން ހިތުދަސް އުސްތާޒުންނާއި އުސްތާޒާއިން ކަމަށް ޢިލްމު އިންސްޓިޓިއުޓް ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *