Ad
ޖުމްހޫރީ ޕާޓީން އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ޕާޓީއަށް ވަންނަން ބޭނުންވާ މީހުންގެ ފޯމު ފުރަނީ
ޖުމްހޫރީ ޕާޓީން އަތޮޅުތަކަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ޕާޓީއަށް ވަންނަން ބޭނުންވާ މީހުންގެ ފޯމު ފުރަނީ

ޖުމްހޫރީ ޕާޓީން ރަށްރަށަށް ފެށި ދަތުރުތަކަކީ ވަރަށް ކާމިޔާބު ދަތުރު ތަކެއް: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ތާއީދު އިތުރުކުރުމަށް ރަށްރަށަށް މިހާރު ކުރަމުންދާ ދަތުރު ތަކަކީ ވަރަށް ކާމިޔާބު ދަތުރުތަކެއް ކަމަށް ޖޭޕީން  ބުނެފިއެވެ.

އިރުވަރު ނޫހަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ، މިދަތުރު ތަކުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ. އަދި މިދަތުރު ތަކުގައި ޕާޓީއަށް މީހުން އިތުރުކޮށް އެޕާޓީއަށް ތާއީދު ހޯދުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އެޕާޓީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު ދަތުރުތަކުން ރަށްރަށުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކަމަށް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އިއުލާނެއް ނުކުރެއެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ އެޕާޓީގެ ކައުންސިލުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *