Ad

އީސީ ޝަރީފުގެ އޯޑިއޯގެ މައްސަލަ ކޮބާ؟

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށްފަހު އޭރުގެ އިލެކްޝަންސް ކޮމިނިޝަންގެ ރައީސް އަހުމަދު ޝަރީފުގެ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. މި އޯޑިއޯގެ ވާހަކައަކީ އެދުވަސްވަރު އެންމެ ހޫނު ހަބަރުތަކެވެ. އޯޑިއޯތަކާ ގުޅިގެން ޝަރީފުގެ މައްޗަށް އެތައް ތުހުމަތެއްކޮށް އިދިކޮޅު ޮޕާޓީތަކުން ވާހަކަދެއްކިއެވެ. ނަމަވެސް ކަމާބެހޭ އެއްވެސް މުވައްސަސާއަކުން މި މައްސަލަ ބަލާފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިރުވަރު ނޫހާ ވާހަކަދެއްކި އިދިކޮޅު މަޖިލިސް މެމްބަރަކު ވިދާޅުވީ ދާދިފަހުން ލީކުވި ގާޒީންގެ އޯޑިއޯތަކާ އެއްގޮތަށް ޝަރީފްގެ އޯޑިއޯގެ މައްސަލަވެސް ތަހުޤީޤު ކުރެވެންވާނެ ކަމަށެވެ. ސަބަބަކީ އޭރު ޝަރީފު ހުންނެވީ މިނިވަން މުވައްސަސާއެއްގެ ވެރިޔަކަށްވާތީ އޯޑިއޯގެ ސައްޚަކަން ކަށަވަރު ކުރުމަކީ ދައުލަތުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހު ލީކުވި އޯޑިއޯއަކީ ޝަރީފްއާއި އަދި އިތުރު މީހަކު ފޯނުން ދައްކާފައިވާ ވާހަކައިގެ ރިކޯޑިންއެއް ކަމަށް ބެލެވެއެވެ. މި އޯޑިއޯގައި ޝަރީފްއާ ވާހަކަ ދައްކާ މީހާ ތަކުރާރުކޮށް ބުނަމުން ދިޔައީ ބިރުގަންނަ ކަމަށާއި އެކަމުގައި "ބެނދެން" އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމެއް އޯޑިއޯއިން ސާފެއް ނުވެ އެވެ. ޝަރީފް އޯޑިއޯގައި ވިދާޅުވާ އަޑު އިވެނީ އެކަމާ ހާސްނުވުމަށެވެ. އަދި ޝަރީފް ވަނީ އޭނާ ވާހަކަ ދެއްކި މީހާ ގާތު އެއްވެސް ކަމަކަށް އެއްބަސް ކުރުވަން އުޅެފި ނަމަ އެކަމަށް އެއްބަސްނުވާން ބުނެފަ އެވެ. އަދި އެކަމަކީ ހެއްކެއް ނެތް ކަމަކަށް ވާތީ އެކަން ފުލުހަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޝަރީފް ވަނީ އެއްވެސް ކަމެއް ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އޯޑިއޯގައި އިވޭ ގޮތުގައި ޝަރީފް ވަނީ ރައީސް ޔާމީންއަށް ނިސްބަތް ކުރައްވާ ވާހަކަތަކެއް ދައްކަވާފަ އެވެ. މި ހާލަތުގައި ރައީސް ޔާމީން ކޮންމެ މީހަކު ކޮންމެފަދަ ކަމެއްގައި ވެސް "ގުރުބާން" ކޮށްފާނެ ކަމަށް ޝަރީފް ވިދާޅުވެ އެވެ.

މި އޯޑިއޯއާ ގުޅިގެން ޝަރީފް އޭރު ވިދާޅުުފައިވަނީ އެއީ އެޑިޓް ކޮށްގެން ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ.

"ސޯޝަލް މީޑިއާގައި ލީކްވެފައިވާ އޯޑިއޯ އަކީ އަޅުގަނޑު ފޯނުން ތަފާތު އެކި ފަހަރު މަތިން ދައްކާފައިވާ ވާހަކަތައް، އަޅުގަނޑަށް ނޭނގި ރިކޯޑްކޮށް ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޮގުކޮށް ދިނުމަށް އެޑިޓްކޮށް ޑަބްކޮށްފައިވާ އޯޑިއޯއެއް، މި މައްސަލަ ތަހްގީގްކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ވާހަކަ އާއި އެފަދަަ ތަހްގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނަން،" ޝަރީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން މި އޯޑިއޯގެ ސައްޚަކަން ކަށަވަރު ކުރަން ތަހުޤީޤު ކޮށްފައެއް ނުވެއެވެ. އިލެކްޝަން ކޮމިޝަނަކީ ރައްޔޮތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވަން ޖެހޭ ފަރާތަކަށްވާއިރު މި އޯޑިއޯ ލީކުވިތާ ކުޑަދުވަސްކޮޅެއް ފަހުން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކާއެކު ޝަރީފް ކޮފީއެއްގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއްގެ މައްސަލަވެސް ހޫނުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *