Ad

މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫސިޓީ ހިތަދޫއަށް ލައްގައިފި

އައްޑޫސިޓީ ހިތަދޫއަށް މަރުވެފައިއޮތް ބޮޑު މަހެއް ލައްގައިފިއެވެ.

މަސްވެރިންގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މަސްވެރިން އެމްވީން އަށް މަޢުލޫމާތު ދެމުން އައްޑޫސިޓީ މީހަކު ބުނެފައިވަނީ މި މަސް ލައްގާފައިވަނީ އައްޑޫސިޓީ ހިތަދޫގެ ހުޅަނގުފަރާތުން ނޭޗާރޕާކާ ދިމާލުން ފުއްޓަރަށް ކަމަށެވެ. މިމަހަކީ 30 ފޫޓާއި 40 ފޫޓާ މެދެމުދުގެ ބޮޑުމިން ހުންނަވަރުގެ މަހެއް ކަމަށް އޭނާ ބުންޏެވެ.

"މިއަދު 9:30 އެހާކަންހާއިރު އަޅުގަނޑުމެންނަށް މި ފެނުނީ މަސް ލައްގަނިކޮށް. ގާތްގަނޑަކަށް 10:40 އެހާ ކަންހާއިރު ފަރުމައްޗަށް އެއްގީ. ވަރަށް ބޮޑު މަހެއް މީ. ފުދޭވަރަކަށް ހަލާކުވެފަ އޮތީވެސް". މަސްވެރިން އެމްވީއަށް މަޢުލޫމާތުދިން އައްޑޫސިޓީ މީހަކު ބުންޏެވެ.

ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ މާހައުލުގައި އުޅޭ މަހެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ބޮޑުމަސް ވަދެ އުޅެއެވެ. އަދި މަރުވެފައިވާ މިފަދަ މަސްތައް ރާއްޖޭގެ ބައެއް ރަށްރަށަށް މީގެ ކުރިންވެސް ލައްގާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *