Ad

އިރުވަރު ނޫހުގެ 1 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ މަސްރޭހެއް!

އިރުވަރު އޮންލައިން ނޫހުގެ 1 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ޚާއްޞަ މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަސްރޭސް އޮންނާނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ތ. ވަންދޫގައެވެ. މި މަސްރޭހަކީ އިރުވަރު ނޫހަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، ރަށްރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މުބާރާތް ހިންގާނީ އިރުވަރު ނޫހާއި ވަންދޫ ކައުންސިލާއި ގުޅިގެންނެވެ.

މުބާރާތުގެ ސްޕޮންސަރުންނަކީ ރާޢްޖޭގެ އެންމެ ބޮޑު މަސް ކުންފުނި މިފްކޯގެ "ފަސްމީރު" ބްރޭންޑާއި ރާއްޖެއިން އެންމެ ފުޅާކޮށް ބޮޑުކަންނެލި ބޭރުކުރާ އެންސިސްގެ "އެންޒީ" އާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމުގެ ސާމާނު ވިއްކާ "ހައި ފިޝިންގ ޓެކަލްސް" އެވެ.

މި މުބާރާތް ކުރިއަށްދާނީ "ދިވެހި މަސްވެރިންގެ ޖަމްއިއްޔާ"އާއި ވަންދޫގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ވޭލިއަންޓް ކްލަބް ވަންދޫ' ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މަސްވެރިންގެ ހަބަރުތައް ގެނެސްދޭ "މަސްވެރިން.އެމްވީ" އެވެ. މުބާރާތުގެ އެންޓަޓައިން ޕާޓްނަރަކީ ހަބޭސް ބޮޑުބެރު ގުރޫޕެވެ. މުބާރާތް ކުރިއަށްދާ ވަގުތު ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތައް ރަށުގެ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިރުވަރު އަހަރީ މަސްރޭހުގެ އެންޓަޓައިން ޕާޓްނަރަކަށް ހަބޭސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ހަބޭސް

މުބާރާތުގެ އާންމު އުސޫލުތަކާއި ގަވާއިދުތައް

1. މި ހަރަކާތް ހިންގާނީ މުޅި ރަށަށް ހުޅުވާލައިގެން ވާދަވެރި މުބާރާތެއްގެ ގޮތުގައެވެ.

  1. ކޮންމެ ޓީމެއްގައިވެސް މަދުވެގެން ތިން މީހުން ބައިވެރިވާންވާނެއެވެ. ގިނަވެގެން ޓީމެއްގައި ބައިވެރިވެވޭނީ 8 މީހުންނަށެވެ.
  2. މަސްވެރިކަން ކުރާނީ ރަށުގެ ގޮނޑުދޮށުން ފެށިގެން އަތޮޅުގެ އެތެރެވަރިއާ ދެމެދުއެވެ.
  3. މުބާރާތުގައި ވަނަ ހޮވުމުގައި ބަލާނީ ހަމައެކަނި ބާނާ މަހަށެވެ. ދާ ޖަހައިގެންނާއި ދަގަނޑު ޖަހައިގެން ހިފާ މަސް، ވަނަ ހޮވުމުގައި ނުގުނާނެއެވެ.
  4. މުބާރާތުގެ މަގުސަދަށްޓަކައި މަހެއްގެ ގޮތުގައި ބަލާނީ ފަސް އިންޗިއަށްވުރެ ބޮޑު މަހެވެ.
  5. ވަނަ ހޮވުމުގައި ގުނާނީ ދިވެހިން އާންމުކޮށް ކާން ބޭނުންކުރާ ބާވަތްތަކުގެ މަހެވެ. މިސާލަކަށް ވެން ފަދަ އެއްޗެހި ނުގުނާނެއެވެ.
  6. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް މުބާރާތުގައި، ވަނަ ހޮވުމުގައި، ނުހިމަނާނެއެވެ. އަދި އެފަދަ މަހެއް ގެނައި ބަޔަކު ވަގުތުން މުބާރާތުން ބާކީ ކުރާނެއެވެ.
  7. މުބާރާތް ކުރިއަށް ދާނީ ހަވީރު ހަތަރަކުން ރޭގަނޑު ދިހަޔަކަށެވެ.
  8. މުބާރާތް އިންތިޒާމްކުރާނީ ރަށު ކައުންސިލުން ނަގާ ވޮލަންޓިއަރުންގެ ޓީމަކުންނެވެ.
  9. މުބާރާތުގައި ބައިވެރިވުމަށް، ރަށު ކައުންސިލުން ދޫކުރާ ފޯމެއް ފުރިހަމަ ކުރަންވާނެއެވެ.

އިރުވަރު ނޫހަށް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކިޔުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *