Ad

ސަލާންޖަހަން ނުޖެހޭ ސިއްޙީ ޚިދުމަތެއް ސަރުކާރު ފޯރުކޮށްދިނުމަށް ގޮވާލަން: އަބްދުﷲ ރިޔާޒް

ރާއްޖޭގެ ސިއްޙީ ޚިދުމަތް އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ސިއްޙީ ޚިދުމަތް ހޯދުމަށް، ހަދަން ޖެހޭ ސާޖަރީތައް ނުހެދިގެން މާލެ އަންނަންޖެހޭ އެތައްބަޔަކު އެޕޮއިންޓްމަންޓަ ނުލިބިގެން ތިބެން ޖެހޭއިރު، ލިބޭ އެޕޮއިންޓްމަންޓުން ޚިދުމަތް ހޯދުމަށްޓަކާވެސް ކިއުގައި އެތައް މަހެއްވަންދެން މަޑުކުރަންޖެހި، އެތައް ތަކުލީފެއް ރައްޔިތުން މިއަދު އުފުލަޖެހިފައިވާ ކަމަށެވެ. ސިއްޚީ ޚިދުމަތް ހޯދުމަށް ރައްޔިތުމީހާ އެތައްމަހެއް މަޑުކޮށްގެން ހުންނަން ޖެހުމަކީ ހައްލެއް ނޫންކަމަށާއި ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންގެ އެހީތެރިކަމަށް އެދޭ އަތައްބަޔަކު ތިބި އިރު މެންޓަލް ހެލްތުގެ މައްސަލަހުރި އެތައްބަޔަކު އެބަތިބިކަމަށެވެ.  ރިޔާޒު ވިދާޅުވީ އިޖުތިމާއީ ދުޅަހެޔޮކަމަށް އުފައްދަންޖެހޭ މީހުން އުފައްދައިގެންވެސް ސަރުކާރުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަގަޅުކުރަން ޖެހޭކަމުގައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ހުރީ އެކި ލީޑަރޝިޕްތަކުގެ ދަށުގައި ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ފޯރުކޮށް ދެމުންދާ ސިއްޙީ ޚިދުމަތް ނެޝަނަލް ހެލްތު ސާވިސްއެއްގެ ގޮތުގައި އިންތިޒާމް ވާންޖެހޭ ކަމުގައި އެމްއެންޕީގެ ނައިބް ރައީސްވެސް ކުރައްވަމުން ގެންދަވާ ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ބަޖެޓްގައި ހިމަނާފައިހުރި ދައިރާގެ ތަރައްގިއާއި ގުޅުންހުރި ބައެއް މަޝްރޫޢުތަކަށް އަލި އަޅުއްވާލަވަމުން ރިޔާޒު ވިދާޅުވީ، ތިމަރަފުށީ ހޮސްޕިޓް އެޅުމަށްޓަކާ އިއުލާން ކޮށް، ބިން ކަނޑާ ބިން ހަވާލު ކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ވީގޮތެއް މިހާރު އެގިފައި ނުވާކަމުގައެވެ.

ބަޖެޓާބެހޭ ގޮތުން ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، މުޅި ބަޖެޓަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމަށް މިއަހަރު ހިމަނާފައޮތް މިންވަރު ފާއިތިވެދިޔަ އަހަރަށްވުރެ މަދުކަމަށާއި މިއީ ބަޖެޓް އިތުރު ކުރަންޖެހޭ ދާއިރާއެއްކަމަށެވެ. ރިޔާޒް ވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *