Ad

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުން ދަށްވާތީ ޑޮކްޓަރަށް ދައްކަވައިފި

ކުރީގެ ނާއިބްރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބުގެ ލޮލުގެ ފެނުން ދައްވާތީ ޑޮކްޓަރަށް ދައްކަވައިފިއެވެ.

އެމްޓީޑީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަނީ ރައީސް ޔާމީންގެ ސަރުކާރުން 2015 އިން 2018 އަށް އަދީބު ޖަލުގެ ކުޑަކޮޅީގައި އެކަރިކޮށްފައި ބާއްވާއިގެން އެތައް އަނިޔާއެއް ދިނުމުގެ ސަބަބުން ސިއްޚީ އެތައް މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދީބުގެ ސިއްޚީ ހާލަތާ ގުޅޭގޮތުން އެމްޓީޑީން ކުރި ޓްވީޓާ ގުޅިގެން އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ) ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަދީބަށް ގޮތެއް ވެއްޖެ ނަމަ ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި އެމްޓީޑީން މުޒާހަރާ ކުރާނެ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އަދީބު ޖަލުގައި ބާއްވާފައިވަނީ ސިއްޚީ ފަރުވާއިން މަހުރޫމްކޮށްފައެވެ. ކިޑްނީގެ މައްސަލަތަކާއި، ލޮލަށްޖެހޭ އެންމެ އެންމެ ނުރައްކާތެރި އަދީބު ލޮލަށްޖެހި އެބައްްޔަށް ފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އެތައް ފަހަރަކު ޑޮކްޓަރުން ލަފާދެއްވުމުންވެސް އޭރުގެ ސަރުކާރުން އެކަމަށް ހުރަސް އެޅިއެވެ. އަދީބު ސިއްޚީ ފަރުވާއިން މަހުރޫމްކޮށްފައިވާތީ ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތަކާއި ރާއްޖޭގެ ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށް އޭރު އެތައް ވާހަކައެއް ދެއްކެވިއެވެ. އަދި މިސަރުކާރުން ވެރިކަމަށް އައުމަށް ކުރެއްވި ކެމްޕެއިންގައި ރައީސް ޔާމީންގެ އަނިޔާވެރިކަން ދެއްކެވުމުގެ މިސާލަކަށް ބޭނުންކުރެއްވީ އަދީބުގެ ބޭސްފަރުވާގެ އިހުމާލެވެ.

އަދީބުގެ ސިއްޚީ ހާލަތު ހުރި ގޮތުން މި ސަރުކާރުން ވަނީ އަދީބު ގޭބަންދަން ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *