Ad

ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު ހަމަޖައްސައިފި

ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު ހަމަޖައްސައިފިއެވެ.

ސޯބިރާ އަޙްމަދަކީ 28 އަހަރު އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި ކޮމިއުނިޓީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި، ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ އިތުރުން ސޯޝަލް ޕޮލިސީ އެންޑް ލީޑާޝިޕް ޑިވެލޮޕްމެންޓްއާއި އެޑިއުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ފެންވަރުގެ ތައުލީމީ ތަޖުރިބާކާރެކެވެ.
1993 ވަނަ އަހަރު ނާސަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއަށް ނިކުތް ސޯބިރާ އަޙްމަދަކީ މިހާރު ލީޑިންގް ޓީޗަރެއްގެ އިތުރުން އެކެޑެމިކް މެނޭޖަރުކަން ކޮށް ޑެޕިއުޓީ ޕްރިންސިޕަލްއެއްގެ ގޮތުގައި ޚަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. މީގެ އިތުރުން ޕްރައިވެޓް އަދި ޕަބްލިކް އެޑިއުކޭޝަނަލް އިންސްޓިޓިއުޓްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.
އޭނާ ވަނީ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އެންޑް މާސްޓާސް ޑިގްރީއިން އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީވެސް ހަދާފައެވެ.

ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު އައްޔަންކޮށް އެ ސްކޫލްގެ ފަރާތުން ވަނީ އޭނާއަށް މަރުޚަބާ ކިޔާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *