Ad

އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ 8 މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު ވަނީ ބަޖެޓްގެ ޖުމްލަ ޢަދަދަށާއި ޚަރަދަށް ނިސްބަތުން ކުޑަ އިތުރުވުމެއް އައިސްފައެވެ. މިގޮތުން ކޮމިޓިން ގެނައި ބަދަލަކީ ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10 އަށް އިތުރުކުރުމާއި، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92 އިން 36.99 އަށް އިތުރުކުރުމެވެ. ބަޖެޓް ފާސްކޮށްފައި މިވަނީ ބަޖެޓް ދިރާސާކުރަ ކޮމިޓީން ގެނައި ބަދަލުތަކާއެކީގައެވެ.

ކޮމިޓީން ބަޖެޓަށް އިތުރުކުރި 73.8 މިލިއަން ރުފިޔާއަކީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އިތުރުކުރަން 73،782 ރުފިޔާއާއި ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާގެ އިތުރުން ހަތް މިނިވަން މުވައްސަސާއެއްގެ ބަޖެޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *