Ad
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ބޯޓުން ފައިބަނީ. ފޮޓޯ: އެމް.އޭ.ސީ.އެލް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ބޯޓުން ފައިބަނީ. ފޮޓޯ: އެމް.އޭ.ސީ.އެލް

ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން 7 ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފި

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.

އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ. ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން" ފުރަތަމަ ފެނުނީ ދެކުނު އެފްރިކާއިންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް އައުމުގެ 14 ދުވަސް ދުވަސް ކުރިން މިގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އެގައުމުތަކުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންނާއި ވާރކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށް އެޗްޕީއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *