Ad

ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅުރަށެއްގައި ތިއްބާ ފެނިއްޖެ

ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅުރަށެއްގައި ތިއްބާ ފެނިއްޖެއެވެ.

އެމީހުން ގެއްލިފައިވަނީ ގދ.މާވަރުލުއާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި އިއްޔަ ހެނދުނު ދިޔަ ފަހުން ހަބަރެއް ނުވުމުންނެވެ. އެމީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ކުރީ ރޭ 10 ޖަހާ ކަންހާއިރު އެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއާއި އަދި ގައްދޫ ރައްޔިތުން ކުރި މަސައްކަތުން އެމީހުން ފެނިފައިވަނީ ފަޅު ރަށެއްގައި ތިއްބައެވެ. ކުރަމުން ގެންދާ ކަމަށެވެ.

އެމީހުން ހާލުގައި ޖެހުނީ ދިޔަވަރު ހިކުމުގެ ސަބަބުން އެމީހުން ދަތުރު ކުރި ބޮއްކުރާ ނުދުއްވިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިދެމީހުން ފެނުނު އިރު އެމީހުންްގެ ހާލު ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *